ޑްރައިވަރު އައިންތުގެ ކާރަށް އަނެއްކާވެސް ގެއްލުން ދީފި

ޑްރަގު ކޯޓު ކައިރީގައި އޮއްވާ އައިންތު ކާރުގެ ބިއްލޫރިގަނޑު ތަޅާލައިފައ --

މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (ޑްރައިވަރު އައިންތު)ގެ ކާރަށް އަނެއްކާވެސް ބަޔަކު ގެއްލުން ދީފިއެވެ.

އައިންތުގެ ފޭސްބުކްގައި އޭނާ ބުނެފައި ވަނީ މިހާރު އޭނާ ޓެކްސީ ކުރަމުން އަންނަ ކާރު ޑްރަގު ކޯޓު ކައިރީގައި ބާއްވާފައި އޮއްވާ ބިއްލޫރިގަނޑު ތަޅާލައިފައިވާ ކަމަށެވެ. އަދި މިއީ އޭނާ ޓެކްސީ ކުރަން ފެށި ފަހުން އެގޮތަށް އޭނާގެ ކާރަށް ގެއްލުން ދިން ފަސްވަނަ ފަހަރު ކަމަށް އައިންތު ބުންޏެވެ.

"މިހެން މިކަން ވުމުގެ ސަބަބުން އަޅުގަނޑަށް މިވަނީ ބޮޑެތި ގެއްލުން ވެ ކާންބޯން ކުރާ މަސަތްކަތް ހުއްޓިފަ. މިކަމުގަ ދާއިމީ ހައްލެއް ހޯދުމަށް ފުލުހުންގެ އެހީތެރިކަމާ އާއްމު ރައްޔިތުންގެ އެއްބާރުލުން އަޅުގަނޑަށް ވަރަށް ބޭނުން،" އައިންތު ބުންޏެވެ.

މީގެކުރިންވެސް އައިންތުގެ ކާރަށް ގެއްލުން ދިނުމުން ފުލުހުން އެ މައްސަލަ ބަލާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *