ވޫހާންއިން ނެރުނު ދިވެހީން ދިއްލީގައި ކަރަންޓީނުކޮށްފި

ވޫހަންގައި ތިބި ދިވެހިން ދިއްލީ އެއާޕޯޓުގައި/ ފޮޓޯ: ޓުވީޓާ

ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހީން އެ ސިޓީން ނެރެ، އިންޑިއާގެ ދިއްލީއަށް ގެނެސް ކަރަންޓީންކޮށްފި އެވެ.

 ޗައިނާގެ ވޫހާން ސިޓީގައި ތިބި 9 ދިވެހިންގެ ތެރެއިން ރާއްޖެ އައުމަށް ބޭނުންވި 7 ދިވެހިންވަނީ މިއަދު އިންޑީޔާއަށް ގެނެސްފައެވެ. އޭގެތެރޭގައި ފަސް އަންހެނަކާއި އެއް ފިރިހެނަކާއި ކުޑަކުއްޖަކު ހިމެނެއެވެ.

ވޫހާން ސިޓީގައި ތިބި ދިވެހިން އިންޑިޔާއަށް ގެނައީ އިންޑިޔާގެ އެއާލައިނެއްކަމަށްވާ އެއާ އިންޑިޔާއިން ނެވެ. އިންޑިއާ ސަރުކާރުން ވޫހާންގައި ތިބި އެ ގައުމުގެ 323 ރައްޔިތުން އެނބުރި ގައުމަށް ގެނައުމަށްޓަކައި ހަމަޖެއްސި އެއާ އިންޑިއާ ފްލައިޓުގައި ވޫހާންގައި ތިބި ހަތް ދިވެހީންވެސް ވަނީ ނިއުދިއްލީއަށް ގެންގޮސްދީފަ އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ވޫހާން ސިޓީއިން ނެރނު ހަތް ދިވެހީން ކަރަންޓީންކުރާނީ އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސްގެ ޗައުޅާ ކޭމްޕުގައި ކަމަށެވެ.
އަދި އެދިވެހީން ކަރަންޓީން ފެސިލިޓީއަށް ފޯރުމުން އިންޑިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އެމީހުންނާ ރާއްޖޭގައި ތިބި އެމީހުންގެ އާއިލާއަށް ގުޅޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މޯބައިލް ސިމް ފަދަ ތަކެތި ފޯރުކޮށްދޭނެ ކަމަށެވެ. އަދި ދިވެހި ސަރުކާރުން އެމީހުންގެ ހާލު ގާތުން ބަލާނެކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ދިއްލީ ކައިރީގައި އޮންނަ ކަރަންޓީން ފެސިލިޓީގައި ހަތް ދިވެހީން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެެއްގައި ހޭދަކުރާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *