އިމްރާން ވަކި ކުރުމުގެ މައްސަލަ އަށް އެމްޑީޕީ މެންބަރުންގެ ތާއީދެއް ނުލިބުނު

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން: ފޮޓޯ / މަޖިލިސް

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ ތާއީދު ނުލިބޭނެ ކަމަށް އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި ގުޅޭ ގޮތުން އަލީ އާޒިމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެމްޑީޕީގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. ނަމަވެސް އެ އިތުބާރު ނެތް ކަމަށް ދެއްކުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެ އާޒިމް ވަނީ އެކަން އެގޮތަށް ނުކުރެއްވުމަށް އިދިކޮޅު ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

"ހުސްބުޅީ"ގެ މިސާލުން މިސާލު ނަންގަވަމުން އާޒިމް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުމެއް އޮންނަ ކޮންމެ ފަހަރަކު އެއީ "ހުސްބުޅީގައި" އެޕާޓީގެ މެންބަރުން ގަންނާނެ ކަމަށް އުއްމީދު ކޮށްގެން ނުވާނެ ކަމަށެވެ.

"ވާދަވެރި ފަރާތްތަކުގެ އަދަދު އެބަ އެނގޭ މަޖިލީހަށް ކަންކުރުމަށް ހުށަހަޅުއްވަން މަސަކައްތް ކުރާއިރު. އެހެންވީމަ، އެކަން އެގޮތަށް ނުކުރަމަށް އަޅުގަނޑު ވާދަވެރި ފަރާތްތަކަށް ގޮވާލަން،" އިދިކޮޅަށް ބަހުގެ ހަމަލާތައް ރައްދު ކުރަމުން އޭނާ ވިދާޅުވިއެވެ.

އާޒިމްގެ ވާހަކަ ނިމުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލަ އެޖެންޑާ ކުރަން ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް އިމްރާނަށް މިއަދު ފޮނުއްވާނެ ކަމަށެވެ. ނޯޓިސް ހަމަވުމުން މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން 10 މެންބަރުންގެ ސޮޔާއެކު ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނެއެވެ. އަދި އެ ވަޒީރަކަށް ޖަވާބުދާރީވާން 14 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 މެންބަރުންގެ ވޯޓު ލިބިގެންނެވެ. އިދިކޮޅުން މި މައްސަލަ މަޖިލީހަށް ވެއްދީ އަމިއްލަ ދެ މެންބަރުންގެ ސޮއިއާއެކު ޖުމްލަ 11 މެންބަރުންގެ ސޮއިއާއެކުއެވެ.

Leave a Reply

Your email address will not be published. Required fields are marked *