ރެންޑަމްކޮށް ނެގި ސާމްޕަލް އެއް ޕޮޒިޓިވްވުމުން އުނގޫފާރު މޮނީޓަރިން އަށް

ރ. އުނގޫފާރު ---

ރ. އުނގޫފާރުގައި ރެންޑަމްކޮށް ނެގި ސާމްޕަލް އަކުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެރަށުން މީހަކު ޕޮޒިޓިވްވުމުން އެރަށް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ލައިފައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މައުލޫމާތުދެއެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އުނގޫފާރަކީ ރ. އަތޮޅުން އެންމެ ގިނަ މީހުން އެކި ކަންކަމުގައި ޒިޔާރަތް ކުރާ ރަށެކެވެ. އަތޮޅު ކައުންސިލް އާއި ރ. އަތޮޅު ރީޖަނަލް ހޮސްޕިޓަލު ވެސް ހުންނަނީ އުނގޫފާރުގައި ކަމަށް ވާތީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އުނގޫފާރަށް ގޮސް އުޅެއެވެ.

މިވަގުތު ރާއްޖޭގެ 22 ރަށެއްގައި ކޮވިޑްގެ 45 އެކްޓިވް ކޭސް އެބަ އުޅެއެވެ. އުނގޫފާރު ވެސް ހިމަނައިގެން މިވަގުތު މޮނީޓަރިންގައި އޮތީ ދެ ރަށެކެވެ. ދެން މޮނީޓަރިންގައި އޮތީ ހދ. ކުޅުދުއްފުއްޓެވެ.

Leave a Reply

Your email address will not be published. Required fields are marked *