ރޭޕާ ދެކޮޅަށް އަޑު އުފުލި ބަޔަކު ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގީނާ ކުރުމާއި ރޭޕް ކުރުމާއި ދެކޮޅަށް ބަޔަކު އަޑު އުފުލަނީ: ފޮޓޯ / ސަން

ރޭޕް ކުރުމާއި ދެކޮޅަށް މަގު މައްޗަށް ނިކުމެ އަޑު އުފުލި ބަޔަކު ހައްޔަރުކޮށްފިއެވެ. އެމީހުން ހައްޔަރުކުރީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ހިލާފުވުމުންނެވެ.

މިކަމާއި ގުޅޭ ގޮތުން ފުލުހުން މިއަދު ބުނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެއްވުމެއް ކުރިއަށް ގެންދިޔަ ބަޔަކަށް ފުލުހުން ނަސޭހަތްތެރިވުމުންވެސް އެއްވުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންކަމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލާގައި އެމީހުން މިއަދު ހަވީރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ދެ ފިރިހެނުންނާއި ތިން އަންހެނުންނެވެ. ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި އެންމެންނަކީ ވެސް ދިވެހިންނެވެ.

ރޭޕް ކުރުމާއި ދެކޮޅަށް އަޑު އުފުލާފައި މިވަނީ ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" އެ ޕްރޮގްރާމުގައި އެހުންތެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަހަރު ޖޫން މަހު ހުޅުމާލެ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާ ގުޅިގެން ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.

ރޭގައި މިނިސްޓަރު އިމްރާން ވިދާޅުވީ ސަފާރީގައި ހިނގި އަމަލަކީ އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައި އަދި ބައެއްގެ ތެރޭގައި ހުރެފައިވެސް މީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *