ފައިނު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

ފައިނު އަތިރިމަތީގައި ކުޑަ ކުދިންތަކެއް ---

ރ. ފައިނުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްފަދައިން ފައިނަކީ ވެސް ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެއް ކަމަށެވެ. އެގޮތުން ފައިނުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރަން ބޭނުންވާ ވަސީލަތްތައް ފޮނުވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މޫސުމީ ބަދަލުތަކާއެކު، ރާއްޖޭގެ ގިނަ ރަށްތައް ގިރުމުގެ މައްސަލަވަނީ ދިމާވެފައެވެ. އެގޮތުން ފައިނު ގިރާލުމުގެ ސަބަބުން ފައިނު އުތުރު ފަރާތުގައި ހުރި 200 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިހުރި ގަސްތަކެއް ވަނި ވެއްޓިފަ އެވެ.

ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި އެ ރަށުގެ ރައްޔިތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.