ވައްކަމާއި ޑްރަގުގެ މައްސަލަތައް މިދިޔަ އަހަރުވީ ގިނަ

ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަނެއްގެ ތެރެއިން: ފޮޓޯ / ޕޮލިސް

ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް މިދިޔަ އަހަރު ގިނަވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ވައްކަމުގެ 4،500 މައްސަލައެއް ހުށަހަޅާފައިވާއިރު މަސްތުވާތަކެތީގެ 2،100 މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ވައްކަމުގެ މައްސަލަތައް 2018ވަނަ އަހަރާއި އަޅާ ބަލާއިރު ވަނީ 39 އިންސައްތަ އިތުރުވެފައެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތައް ވެސް ވަނީ 2018ވަނަ އަހަރާއި އަޅާ ބަލާއިރު 47 އިންސައްތަ އިތުރުވެފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2018ވަނަ އަހަރާއި ބަލާއިރު ގެވެށި އަނިޔާގެ މައްސަލަތައް ވެސް 13 އިންސައްތަ ވަނީ އިތުރުވެފައެވެ. އެންމެ ގިނަ މައްސަލައް ހުށަހަޅާފައި ވަނީ ވެރިރަށް މާލެއިންނެވެ. މިދިޔަ އަހަރު ގެވެށި އަނިޔާގެ 16،000 އަށްވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *