ކޯލިޝަނާއި މެދު ސުވާލު އުފައްދާ ސައުދު ކުރި ޓްވީޓު ޑިލީޓުކޮށްފި

ޖުމްހޫރީ ޕާޓީ އިން މީގެކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / ވީނިއުސް

ސަރުކާރު ހިންގާ ކޯލިޝަނާއި މެދު ސުވާލު އުފައްދަވާ ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދު ކުރެއްވި ޓްވީޓު ޑިލީޓު ކުރައްވައިފިއެވެ.

ސައުދު ރޭ ކޯލިޝަނާއި މެދު ސުވާލު އުފައްދަވާ ޓްވީޓެއް ކުރެއްވިއެވެ. އޭނާ އެފަދަ ޓްވީޓެއް ކުރެއްވީ، ހެލްތު މިނިސްޓަރުގެ މަގާމުން އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުން އެ މަގާމަށް މިއަދު އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށް އަހުމަދު ނަސީމް (ކެރަފާ ނަސީމް) އައްޔަން ކުރެއްވުމުންނެވެ.

ސަރުކާރު ބެހިގެން ދިޔައިރު ހެލްތު މިނިސްޓްރީ އަކީ ޖޭޕީގެ ސްލޮޓެކެވެ. ނަމަވެސް އިއްޔެ ނަސީމް އެ މަގާމަށް އައްޔަން ކުރެއްވުމުން ހެލްތު މިނިސްޓްރީ އެޕާޓީގެ އަތުން ބީވެ، ސަރުކާރުގެ ހިއްސާއިން ބައެއް މިވަނީ މަދުވެފައެވެ.

ކޯލިޝަނާއި މެދު ސުވާލު އުފައްދަވާ ސައުދު ކުރެއްވި ޓްވީޓު --

މިހާތަނަށް ޖޭޕީ އަކުން މި މައްސަލާގައި އެއްވެސް އެއްޗެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އެޕާޓީގެ ލީޑާޝިޕުގެ ތެރެއިން އެފަދައިން ސުވާލެއް އުފައްދަވާ ޓްވީޓެއް ކުރެއްވީ ވެސް ސައުދުއެވެ. ނަމަވެސް މިހާރު ސައުދު ވަނީ އެ ޓްވީޓު ޑިލީޓު ކުރައްވާފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނަސީމް އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން، ޖޭޕީ އަށް ނަމެއް ހުށަހެޅުމުގެ ފުރުސަތު ދެއްވާފައެވެ. އަދި ޖޭޕީ އިން ދެ ނަމެއް ހުށަހެޅުއްވި ކަމަށްވެއެވެ. އެކަމަކު ނަސީމަށް އެ މަގާމު ދެއްވީ މިވަގުތު ހެލްތު މިނިސްޓްރީ ހިންގުން އެންމެ ގާބިލް ބޭފުޅަކީ ނަސީމް ކަމަށް ރައީސަށް ފެނިވަޑައިގަންނަވާތީއެވެ.

Leave a Reply

Your email address will not be published. Required fields are marked *