ބޮޑު ހިޔާނާތާއި ގުޅޭ ބޮޑެތި މައްސަލަތަކެއް ކޯޓަށް ފޮނުވަނީ

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން --

މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް ކަމަށް އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅޭ ބޮޑެތި މައްސަލަތަކެއް ކޯޓަށް ފޮނުވަން ތައްޔާރުވެފައިވާ ކަމަށް ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަން، އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީ އަށް މިއަދު ވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ޕްރޮސިކިއުޓަރު ޖެނެރަލް އޮފީސްގެ ބޭފުޅުން ހާޒިރުކޮށްފައެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އައްސަދު ވިދާޅުވީ އެ މައްސަލަ އަކީ މުއައްސަސާތައް ގުޅިގެން ކުރިޔަށް ގެންދާ ތަހުގީގަކަށްވާއިރު އެ މައްސަލަ ތަހުގީގު ކުރުމަށް އިތުރު ބޭފުޅުން މުއައްސަސާތަކުން ހަމަޖެއްސި، ތަހުގީގު ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ.

"އެކަމަކު ދާދި އަވަހަށް، އުއްމީދު ކުރައްވާ ވަރުގެ ބޮޑު ކޭސްތަކެއް ކޯޓާ ހަމައަށް ގެންދެވޭނެ،" އަސްއަދު ވިދާޅުވިއެވެ.

އަސްއަދު ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. އެ ގޮންޖެހުންތަކަށް ބަލާ ކަމަށްވާ ނަމަ މައްސަލަ ތަހުގީގު ކުރުމުގައި ލަސްތަކެއް އުޅޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަސްއަދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *