ވަކި ކުރަންޖެހޭ މީހުން ވަކިކޮށްގެން މުއައްސަސާތަކަކީ ރައްޔިތުން ބަލައިގަންނަ ތަންތަނަށް ވާންޖެހޭ: އަފީފު

ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފް މަޖިލިސް ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ވަކި ކުރަންޖެހޭ ބަޔަކު ވަކި ކޮށްގެން ވެސް ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކަކީ ރައްޔިތުން ބަލައިގަންނަ ތަންތަނަށް ވާންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.

ހަސަން އަފީފު މިފަދައިން ވިދާޅުވިއިރު ވެންޓިލޭޓަރުތަކުގެ މައްސަލާގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށްފަހު ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ޕީޖީ އިން ވަނީ އޭސީސީ އަށް ފޮނުވާލައިފައެވެ. އަދި އެ މައްސަލާގައި އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕް އަށް އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް 31 މެންބަރުންގެ ވޯޓުން ފާސްވީ އަމީނުގެ އިތުބާރު އޮތް ކަމަށެވެ.

އަފީފަކީ މަޖިލިސް ތަޅުމުގައި ވެސް ހެލްތު މިނިސްޓަރު އަމީނަށް ގިނަ ތުހުމަތުތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން އަފީފު ވިދާޅުވީ ވަކި ކުރަންޖެހޭ ބަޔަކު ވަކި ކޮށްފައި ނަމަވެސް ވުޒާރާތަކާ މިނިވަން މުއައްސަސާތަކަކީ ރައްޔަތުން ބަލައިގަންނަ އިތުބާރު ކުރާ ތަންތަނަށް ވާންޖެހޭ ކަމަށެވެ.

ރައްޔަތުންގެ އިތުބާރު ސަރުކާރުގެ ވުޒާރާތަކާ މިނިވަން މުސްތަގިއްލު މުއައްސަސާ ތަކެއް އޮތުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ވައުދެއް ކަމަށް އަފީފުގެ ޓްވީޓުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށްފަހު ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ޕީޖީ އިން ވަނީ އޭސީސީ އަށް ފޮނުވާލުމުން އޭސީސީ މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީ އަށް ހުށަހަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *