އައްޑޫގައި މީހަކު "ކޮށާލި" މައްސަލާގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

ތޫނު އެއްޗަކުން ހަމަލާދީ އައްޑޫ ސިޓީގައި މީހަކު "ކޮށާލި" މައްސަލާގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އުމުރުން 22 އަހަރުގެ އެ ޒުވާނާގެ ހަށިގަނޑުގެ އެކި ތަންތަން "ކޮށާލާފައި"ވާއިރު އޭނާގެ ދެ އިނގިލި ވެސް ވަނީ ބުރިކޮށްލައިފައެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީގައި ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި ހިންގި މަރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ އެރޭ 12:30 ހާއިރު ކަމަށެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ހެ މީޑިއާ އޮފިޝަލް ޝާފީ މުހައްމަދު އިއްޔެ ވިދާޅުވީ އެމީހާގެ ހާލު ސްޓޭބަލް ކަމަށެވެ. ނަމަވެސް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައި ކަމަށް އޭނާ ވިދާޅުވިއެވެ. ޝާފީ ވިދާޅުވީ އެމީހާގެ ހަށިގަނޑުގެ އެކި ތަންތަނަށް ފުން ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *