ބަލި ޖެހިގެން ފަރުވާދޭ މީހުންގެ އަދަދު 1،000 އިން ދަށަށް

ކޮވިޑް-19 ޖެހިގެން އެޑްމިޓް ކޮށްފައިވާ މީހެއް - ފޮޓޯ: އެޗްޕީއޭ

ނުރައްކާތެރި ކޮވިޑް19 ބަލި ޖެހިގެން ރާއްޖެއިން އެ ބައްޔަށް ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު ދުވަސްތަކެއް ފަހުން 1،000 އިން ދަށްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިހާރު މިބަލި ޖެހިގެން ފަރުވާ ދެމުން ގެންދާ މީހުންގެ ޖުމްލަ އަދަދަކީ 987 އެވެ. މީގެތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނީ 39 މީހުންނަށް ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖެިއން 11,232 މީހަކަށް ބަލި ޖެހުނުއިރު 10،201 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. ފާއިތުވި ދުވަސްތަކަށްވުރެ މިފަހަކަށް އައިސް މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ.

އެގޮތުން މިއަދުވެސް މި ބަލި ޖެހުނީ 17 ދިވެހިންނާއި ފަސް ބިދޭސީއަކަށެވެ. މިހާތަނަށް މިބަލި ޖެހިގެން 37 މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *