ދީނަށް ފުރައްސާރަކުރި އިންޑިއާ މީހާ ޑީޕޯޓުކޮށްލައިފި

މަސްތުގެ ހާލަތުގައި ހުރެ ދީނަށް ފުރައްސާރަ ކުރި މީހާ --

މާލޭގެ މަގުމަތީގައި މަސްތުވެގެން ހުރެ އިސްލާމްދީނަށް ފުރައްސާރަ ކުރި އަވައްޓެރި އިންޑިއާގެ މީހާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަސްތުގެ ހާލަތުގައި ހުރެ ދީނަށް ފުރައްސާރަ ކުރި އިންޑިއާގެ ފިރިހެން މީހާ އެއްގޮތަކަށް ވެސް ރާއްޖެ ނާދެވޭ ގޮތަށް ރާއްޖެއިން ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ. އެގޮތުން އޭނާ ރާއްޖެ އިން ފޮނުވާލީ މި މަހުގެ 13 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި މީގެކުރިން ފުލުހުން އޭނާ ހައްޔަރުވެސް ކުރިއެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިޔައެވެ. ނަމަވެސް ކޯޓުން އޭނާ ދޫކޮށްލިއެވެ.

އޭނާ ވަނީ ފަހުން ކުރެވުނު ކަންތަކާއި މައާފަށް ވެސް އެދިފައެވެ. ނަމަވެސް ގިނަ އަދަދެއްގެ ދިވެހިން ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *