އިބޫ ޒަހަމްވީ އަނބިކަނބަލުންގެ ދަބަހުގައި އޮތް ކަޓަރަކުން!

ގްރޭޓާ މާލެ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި އިބޫ: ފޮޓޯ / ސަން

ރޭ މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްވި ކަމަށް ފުލުހުން ބުނި މީހާ އަކީ ގްރޭޓާ މާލެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އެވެ. ނަމަވެސް އޭނާ ޒަހަމްވީ ކިހިނެއްކަން އޭރު ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ރޭގެ ވަގުތެއްގައި ބުނީ މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާ ކަމަށާއި ޒަހަމްވި މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިރޭ 11 ޖަހާކަން ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މިއަދު ފުލުހުން ބުނީ އިބޫ ޒަހަމްވީ ކިހިނެއްކަން އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. އޭނާ އަށް އަނިޔާވި ކަން ފާހަގަވީ، އަނބިކަނބަލުންނާ އެކު ސައިކަލްގައި ވަޑައިގަންނަވަނިކޮށް ކަމަށާއި އެއީ އަނބިކަނބަލުންގެ އަތް ދަބަހުގައި އޮތް ކަޓަރަކުން ކަމަށް ބެލެވޭ ކަމަށް ވިދާޅުވެ އިބޫ ތަހުގީގަށް މައުލޫމާތު ދެއްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *