އެޗްއީއޯސީގެ ހޮޓްލައިން އަށް ދިމާވި މައްސަލަ ހައްލުކޮށްފި

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ކޯލް ސެންޓަރު: ފޮޓޯ / ޕީއެސްއެމް ނިއުސް

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ހޮޓްލައިން ނަންބަރު 1676 އަށް ދިމާވި މައްސަލަ ހައްލުކޮށްފިއެވެ.

މިރޭ 20:00 ހާއިރު އެޗްއީއޯސީގެ ހޮޓްލައިންގެ ހިދުމަތްތަކަށް ބުރޫތަކެއް އެރިއެވެ. ނަމަވެސް މިހާރު އެ މައްސަލަ ވަނީ ހައްލުކޮށްފައެވެ. އަދި ކުރިއެކޭ ވެސް އެއްގޮތަށް ހިދުމަތް ލިބެމުން އަންނާނެ ކަމަށް އެޗްއީއޯސީ އިން މައުލޫމާތުދެއެވެ.

މި ހޮޓްލައިން އަކީ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ހޮޓްލައިނެކެވެ. މި ހޮޓްލައިން އަކީ ކޮވިޑާއި ގުޅުންހުރި ކަންކަމާއި އާއްމު ސިއްސީ އިމަޖެންސީތަކާއި، ކޮވިޑް ބައްޔާއި ގުޅޭ މައުލޫމާތު ހޯދުމާއި، ކޮވިޑްގެ އަލާމަތްތައް ހުންނަ މީހުންނާއި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރުމަށްވެސް ބޭނުން ކުރަމުން ގެންދާ ހޮޓްލައިންއެކެވެ.

މި ހޮޓްލައިން އަށް މަދުވެގެން ހާހެއްހާ ކޯލުތައް އަންނައިރު މިދިޔަ އޮގަސްޓު މަހު ކޮވިޑްގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ ދުވަސްވަރާއި އަދި މާލެ ސަރަހައްދުން މިބަލި ފެނުނު ދުވަސްވަރު 9،000 އާއި ގާތްކުރާ އަދަދަކަށް ކޯލުތައް ދިޔައީ ލިބެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *