ރާއްޖެއިން އަނެއްކާވެސް ކޮވިޑް މަރެއް، އަދަދު 37އަށް

ހުޅުމާލެ މެޑިކަލް ފެސިލިޓީ: ކޮވިޑްޖެހިގެން ފަރުވާ ދެމުންދާ އަދަދަކީ 116-- ފޮޓޯ/ ޕީއެސްއެމް

ރާއްޖެއިން އަނެއްކާ ވެސް ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވި މީހާ އަކީ 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު މެންދުރުފަހު 15:50 އެހާއިރު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 37ވަނަ މީހާއެވެ.

ރާއްޖެއިން މިހާތަނަށް 11,178 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ބަލި ޖެހުނު މީހުންގެ ތެރެއިން 10،097 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. ރާއްޖެއިން މިބަލި ޖެހިގެން މިހާރު ފަރުވާ ދެމުން ދަނީ 1038 މީހަކަށެވެ.

Leave a Reply

Your email address will not be published. Required fields are marked *