ކުޅުދުއްފުއްޓަށް އަރާ ފޭބުން އަނެއްކާވެސް މަނާކޮށްފި

ކުޅުދުއްފުށި ިސިޓީ: ފޮޓޯ / ރާއްޖެ އެމްވީ

ހދ. ކުޅުދުއްފުށި ސިޓީ އަށް އަރާ ފޭބުން އަނެއްކާވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މިރޭ ނެރެފައިވާ އެންގުމެއްގައި ވިދާޅުވީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ އިހުތިޔާރުގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުން މަނާ ވެގެންވާ ކަމަށެވެ.

އަދި އެޗްޕީއޭގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުންވެސް މަނާ ވެގެންވާ ކަމަށް ވެސް އެ އެންގުމުގައި ބުނެފައިވެއެވެ.

ކުޅުދުއްފުށި ސިޓީ އަށް އަރާ ފޭބުން މަނާ ކޮށްފައި މިވަނީ އެ ސިޓީ އިން ފުލުހުންތަކެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ރާއްޖެއިން މިހާތަނަށް 11،178 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭ އިން ބުނީ ބަލި ޖެހިގެން ފަރުވާ ދެމުން ދަނީ 1138 މީހުންނަށް ކަމަށެވެ. އޭގެތެރެއިން 369 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދާއިރު 43 މީހަކަށް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުންނެވެ.

އެޗްޕީއޭ އިން ބުނީ މިއަދު އެކަނިވެސް 102 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެއާއެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 10،097 އަށް ވަނީ އަރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *