ބަލިން ރަނގަޅުވި މީހުންގެ އަދަދު 10،000އިން މައްޗަށް

ކޮވިޑް19 އާއި ދެކޮޅަށް މަސައްކަތް ކުރާ ފްރަންޓުލައިން ވޯކާއެއް ހުއްޓިލައިގެން: ފޮޓޯ / ހަތާވީސް

ރާއްޖެއިން ކޮވިޑް19 ޖެހިގެން ބަލިން ރަނގަޅުވި މީހުންގެ އަދަދު 10،000 އިން މައްޗަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ ބުނީ މިއަދު ރާއްޖެއިން ބަލި ޖެހުނީ 24 މީހަކަށް ކަމަށެވެ. އެއީ 20 ދިވެހިންނާއި ހަތަރު ބިދޭސީން ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ. މިއާއެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11،178 އަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނީ ބަލި ޖެހިގެން ފަރުވާ ދެމުން ދަނީ 1138 މީހުންނަށް ކަމަށެވެ. އޭގެތެރެއިން 369 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދާއިރު 43 މީހަކަށް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުންނެވެ.

އެޗްޕީއޭ އިން ބުނީ މިއަދު އެކަނިވެސް 102 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެއާއެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 10،097 އަށް ވަނީ އަރާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *