ހަނގުރާމައަށް ގޮސް އެނބުރި އައި މީހާގެ ބަންދަށް 7 ދުވަސް

ހަނގުރާމައިގައި ބައިވެރިވުމަށްފަހު ރާޖެއައި މީހާ: ފޮޓޯ / ސަން

ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެ އައި ދިވެއްސަކު ހައްޔަރުކޮށް، އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބުނީ ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެ އައި މީހަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ގެ ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނަޒައިޑް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެމީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ހަތް ދުވަސް ޖެހުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *