އެންއައިސީ އަށް ގާސިމް އައްޔަން ކުރަން ކޮމެޓީން ފާސްކޮށްފި

ގާސިމް އަބްދުލްކަރީމް: ފޮޓޯ / އަވަސް

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާއަރުވައިލި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް އައްޔަން ކުރުމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީ އިން ފާސްކޮށްފިއެވެ.

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީ އިން ގާސިމްގެ ނަން ފާސްކޮށްފައި ވަނީ ތިން ބައިކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ. ގާސިމް އެ މަގާމަށް އައްޔަން ކުރުމަށް އައްޔަން ކުރުމަށް މަޖިލީހަށް ނަން ފޮނުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ.

މިނިވަން މުއައްސަސާތަކާއި ބެހޭ ރިޕޯޓުގައި ބުނެފައި ވަނީ މަޖިލީހުގެ ތަޅުމުން އެ ރިޕޯޓަށް ގޮތެއް ކަނޑައަޅައި ދެއްވުމަށް އެދިފައެވެ.

އެންއައިސީ އިން މަގާމެއް ހުސްވެފައި މިވަނީ އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި މީގެކުރިން ހުންނެވި އަހުމަދު ސުލައިމާން މަގާމުން ވަކި ކުރުމަށް މަޖިލީހުން ރައީސް ސޯލިހަށް ލަފާ އެރުވުމުން އެ މަގާމުން ސުލައިމާން ވަކި ކުރެއްވުމުންނެވެ.

ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު އާންމުކޮށް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށް ސާބިތުވެ، އަށް އަހަރާއި 12 މަހަށް ގާސިމް ވަނީ މީގެކުރިން ޖަލަށް ވެސް ލައިފައެވެ. އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *