ޕީޕީއެމް އިން އަލަށް ތައާރަފުކުރި ލޯޔަލިޓީ ކާޑު ފުރަތަމަވެސް ރައީސް ޔާމީނަށް

އިދިކޮޅު ޕީޕީއެމުން ލޯޔަލްޓީ ކާޑުތަކެއް މިއަދު ތައާރަފްކޮށްފިއެވެ.

މި ކާޑުތައް ތައާރަފުކޮށްދެއްވީ މިއަދު ދިމްޔާތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕްރޮގްރެސިވް ކޮންގްރެސް  ކޯލިޝަން މިވަގުތު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އެވެ.

މި ކާޑު ތައާރަފުކުރުމަށް ފަހު އެންމެ ފުރަތަމަވެސް މި ކާޑު  ހަވާލުކުރެއްވީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު  ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް  އަބްދުﷲ ޔާމީނަށެވެ. މި ކާޑާއި ހަވާލުވެލެއްވީ ރައީސް  ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންއެވެ.

ޕީޕީއެމުން މިއަދު ވަނީ ހަތަރު ކެޓެގަރީ އަކުން ލޯޔަލްޓީ ކާޑުތަކެއް ތައާރަފްކޮށްފައެވެ. ފުރަތަމަ ކާޑަކީ 100 ރުފިޔާ އަށް ދޭ މެޖެންޓާ ކާޑެވެ. އޭގެ އިތުރުން ދެން ހިމެނެނީ ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމް ކާޑެވެ.

މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ލޯޔަލްޓީ ކާޑުތަކެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

މި ކާޑުތައް ވިއްކައިގެން ލިބޭ ފައިސާ ހަރަދުކުރާނީ އިދާރީ ކަންކަމަށާއި އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކުގެ އިތުރުން އަތޮޅުތެރޭގައި ސްޓިއަރިން ކޮމިޓީތައް ހިންގުމަށް ކަމަށް ޕީޕީއެމުން ހާމަކުރެއެވެ.

1 thought on “ޕީޕީއެމް އިން އަލަށް ތައާރަފުކުރި ލޯޔަލިޓީ ކާޑު ފުރަތަމަވެސް ރައީސް ޔާމީނަށް

Leave a Reply

Your email address will not be published. Required fields are marked *