ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް އިތުރުވި މަހެއް

ކުޑަ ކުދިންތަކެއް --

މިދިޔަ މަހަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް އިތުރުވެގެން ދިޔަ މަހެއް ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީ އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ކުޑަކުދިންނަށް ކުރި އެކި ބާވަތުގެ އަނިޔާގެ މައްސަލައިގެ ގޮތުގައި މިދިޔަ އޮގަސްޓު މަހުގެ 103 މައްސަލައެއް ޖެންޑާ އަށް ހުށަހެޅުނުއިރު މިދިޔަ މަހު އެ އަދަދު ވަނީ 106 އަށް އިތުރުވެފައެވެ.

އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިބާވަތުގެ 44 މައްސަލައެއް ޖެންޑާ އަށް ވަނީ ހުށަހަޅާފައެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ މިދިޔަ މަހު އެ މިނިސްޓްރީ އަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި އިހުމާލުވުމުގެ 29 މައްސަލައަކާއި ޖިސްމާނީ ހާނިއްކައިގެ 16 މައްސަލައަކާއި ނަފްސާނީ ހާނިއްކައިގެ 5 މައްސަލައަކާއި ގެވެށި އަނިޔާގެ ޢަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ކުދިންގެ އަހުލާގާ ގުޅުންހުރި 10 މައްސަލައަކާއި އެކިބާވަތުގެ ކުށްކުރާ ކުދިންގެ ދެ މައްސަލައަކާއި ކުޑަކުދިންގެ ޙައްގުތަކުން ކުދިން މަހުރޫމް ކުރުމުގެ 10 މައްސަލައެއް ހިމެނޭ ކަމަށްވެސް ޖެންޑާ އިން ބުންޏެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 46 މައްސަލައަކާއި ނަފްސާނީ އަނިޔާގެ 8 މައްސަލައަކާއި ޖިސްމާނީ އަނިޔާގެ 29 މައްސަލައެއް ހުށަހަޅާފައިވާއިރު ޖިންސީ ހާނިއްކަ ކުރުމުގެ ތިން މައްސަލައާއި އިހުމާލުވުމުގެ ތިން މައްސަލައާއި ބާރާއި ނުފޫޒުފޯރުވުމުގެ ދެ މައްސަލައާއި މާލީ ފުދުންތެރިކަން ފޯރުކޮށް ދިނުމުގައި ހުރަސްއެޅުމުގެ މައްސަލައެއް ވެސް ޖެންޑާ މިނިސްޓްރީ އަށް ވަނީ މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.

އާއިލީ މައްސަލަތަކުގެ ގޮތުގައި ހިމެނޭ 24 މައްސަލައެއް ހުށައަޅާފައިވާއިރު އޭގެތެރޭގައި ހިމެނެނީ ހަޟާނަތާ ގުޅޭ 15 މައްސަލައަކާއި ދަރިންނަށް ހަރަދު ދިނުމާއި ގުޅޭ 6 މައްސަލައެއް ޖެންޑާ އަށް ވަނީ ހުށަހަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *