މިހާރު ދުވާލެއްގެ މައްޗަށް 500 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރޭ

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް މަތިންދާ ބޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބަނީ: ފޮޓޯ / އެމްއޭސީއެލް

މިދިޔަ މަހުން ފެށިގެން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް 500 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެވްރެޖު ގޮތެއްގައި ރާއްޖެ އަށް ދުވާލެއްގެ މައްޗަށް ޒިޔާރަތް ކޮށްފައި ވަނީ 318 ފަތުރުވެރިންނެވެ. ނަމަވެސް އެ އަދަދު މިހާރު 500 އަށް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން މައުލޫމާތުދެއެވެ.

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން ދުވާލެއްގެ މައްޗަށް 100އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރިއެވެ. އެ އަދަދު ޖެހިގެން އައި މަހު ވަނީ 200 އަށް އިތުރުވެފައެވެ.

ބޯޑަރު ބަންދު ކުރުމާއި ހަމައަށް ރާއްޖެ އަށް 3،82،760 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް 26،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އެހެންކަމުން މުޅި ޖުމްލަ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 409،567 ވަނީ އިތުރުވެފައެވެ.

ރާއްޖޭގެ ބޯޑަރު ކޮވިޑްގެ ސަބަބުން ބަންދުކުރީ މާޗު މަހުގެ ތެރޭގައެވެ. ބޯޑަރު ހުޅުވާލީ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *