ގެއެއްގެ ބެލްކަނީއެއް ވެއްޓި 2 މީހަކަށް އަނިޔާ ވެއްޖެ

ގެއެއްގެ ބެލްކަނީއެއް ވެއޓިފައި/ ފޮޓޯ- ސޯޝަލް މީޑީއާ

ފުލުހުން ބުނީ، ހެންވޭރު ވައިޖެހޭ މަގުގައި ހުރި އިމަރާތެއްގެ ދެވަނަ ފަންގިފިލާގެ ބެލްކަނީ ވެއްޓި 2 ބިދޭސީއަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމަތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 11:11 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ، މި ހާދިސާގައި އަނިޔާވި ދެ ބިދޭސީންވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ. އަދި މި ދެ މީހުންނަށް ސީރިއަސް އަނިޔާއެއް ވެފައިވާކަމުގެ މައުލޫމަތު ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
މި ހަދިސާ ހިނގި ސަރަހައްދުގައި ފުލުހުންނދަނީ ހަރަކާތްތެރިވަމުން ނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.