މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު ސީރިއަސް ހާލަތުގައި

މާލޭގައި މިއަދު އިރުއޮއްސުނުއިރު ހިނގި އެކްސިޑެންޓުގެ ތެރެއިން --

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގު، އާޓިފިޝަލް ބީޗު ސަރަހައްދުން ދުއްވާފައިދިޔަ ސައިކަލެއްގައި ފަހަތުން އައި ވޭނެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު މިރޭ 6:08 ހާއިރު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާ ވެފައިވާ ކަމަށާއި އެމީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *