ޔުނާންގެ ދެމަފިރިން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ޔުނާން އަދި އޭނާގެ އަންހެނުން ރިހުލާ ---

ހުޅުމާލޭގައި 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ ދެ މީހުން ހައްޔަރުކުރިއިރު މި މަހުގެ ހަތަރުވަނަ ދުވަހުގެ ހަވީރު ބަޔަކު ވަނީ އެ ދެ މީހުން ހުޅުމާލޭގައި ދިރިއުޅޭ ގެ ކައިރިއަށް އެއްވެ އެމީހުން ހައްޔަރުކުރުމަށް ގޮވާލައި އަޑުއުފުލާފައެވެ.

އެންމެ ފުރަތަމަ ކޯޓުން އެ ދެ މީހުންގެ ބަންދަށް ދިނީ ހަތް ދުވަހުގެ މުއްދަތެކެވެ.

ފުލުހުން ބުނީ އެ ދެމީހުން މައްސަލައިގެ ޝަރިއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކުރީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *