ރާއްޖޭގެ އާބާދީ ފަސް ލައްކައަށްވުރެ މައްޗަށް

ރާއްޖޭގެ ރަށެއްގައި އަންހެނަކު ބަރޯއެއް ހިފައިގެން ދަނީ: ހަތާވީސް ފޮޓޯ / މުހައްމަދު އަފްރާހު

ރާއްޖޭގެ އާބާދީ ފަސް ލައްކަ އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ ރާއްޖޭގެ އާބާދީ 5،57،426 އަށް މިހާރު އަރާފައިވާ ކަމަށެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 40.2 ޕަސެންޓު މީހުން ދިރިއުޅެމުން ދަނީ ވެރިރަށް މާލޭގައެވެ. އެއީ 2،27،486 މީހުންނެވެ.

މާލެ ސިޓީ ނެގުމަށްފަހު ދެން އެންމެ ގިނަ މީހުން ދިރިއުޅެނީ ކ. އަތޮޅުގައެވެ. އެއީ 41،382 މީހުން ދިރިއުޅެއެވެ. 20،000 މީހުންނަށް ވުރެ ގިނައިން މީހުން އުޅޭ އަތޮޅުތަކުގެ ތެރޭގައި އައްޑޫ ސިޓީ އދ. އަތޮޅާއި ބ. އަތޮޅާއި ރ. އަތޮޅު އަދި ހދ. އަތޮޅު ހިމެނެއެވެ.

އައްޑޫ ސިޓީގައި 26،635 މީހުން ދިރިއުޅޭއިރު އދ.އަތޮޅާއި 20،248 މީހުން ބ.އަތޮޅާއި 21،145 މީހުން ރ.އަތޮޅު 20،297 މީހުން އިތުރުން ހދ.އަތޮޅު 23،157 މީހުން ހިމެނެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި އަދިވެސް 10،000 މީހުން ހަމަނުވާ ހަތަރު އަތޮޅެއް އެބަ އޮތެވެ. އެއީ ވ. އަތޮޅާއި މ.އަތޮޅާއި ފ.އަތޮޅު އަދި ޏ. އަތޮޅެވެ.

އެންމެ އާބާދީ ކުޑައީ ވ. އަތޮޅުގައެވެ. އެ އަތޮޅުގެ އާބާދީއަކީ 2،688 އެވެ. މ.އަތޮޅުގެ އާބާދީ 6،747 މީހުންނެވެ. ފ.އަތޮޅުގެ އާބާދީއަކީ 5،941 މީހުންނެވެ. ފުވައްމުލައް ސިޓީގެ އާބާދީއަކީ 9،873 މީހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *