މަޖިލީހުގައި ފުރަތަމަ ފަހަރަށް "މައިންގެ ކޮޓަރިއެއް"

ރައްޔިތުން މަޖިލީހުގެ އިދާރާގެ ބޭރު: ފޮޓޯ / މިހާރު

ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ފަހަރަށް މައިންގެ ކޮޓަރިއެއް ހުޅުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މައިންގެ ކޮޓަރި ހުޅުވާފައި ވަނީ މަޖިލީހުގެ އާ އިމާރާތުގެ އެއްވަނަ ފަންގިފިލާގައެވެ. މަޖިލީހުގައި މައިންގެ ކޮޓަރިއެއް ހުޅުވިކަން އިއުލާން ކުރެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

މަޖިލިސް ރައީސް ވިދާޅުވީ މެންބަރުންގެ ދަރިން އެހެން ތަނަކަށް ފޮނުވެން ނެތް ކަމަށްވާ ނަމަ މަޖިލީހުގައި މިއަދު ހުޅުވި މައިންގެ ކޮޓަރީގައި ބޭތިއްބޭނެ ކަމަށެވެ. އެތަނުގައި ކުޅިވަރު ކުޅުން ފަދަ އިންތިޒާމުތައް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށާއި ވަގުތުވީ މިންވަރަކަށް އެކުދިން ބަލަން ހުދު އެމަނިކުފާނުވެސް ވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ދެން އަޅުގަނޑަށް ވެސް ވަގުތުވި މިންވަރަކުން އެކުދިން އަޅުގަނޑު ބަލަމުން ގެންދާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މައިންގެ ކޮޓަރިއެއް މަޖިލީހުގައި ހުޅުވި ނަމަވެސް ތުއްތު ކުދިން ބެލުން އެންމެ ރަނގަޅު ވާނީ އާއިލީ މެންބަރެއް ކައިރީގައި ކަމަށާއި އެއީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *