މަޖިލިސް ރައީސް ސިފައިންގެ އިސްވެރިންނާއި ބައްދަލުުކުރައްވައިފި

ރައްޔިތުން މަޖިލީހުގެ ރައީސް ސިފައިންގެ އިސްވެރިންނާއި ބައްދަލުކުރައްވަނީ: ފޮޓޯ / މަޖިލިސް

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސިފައިންގެ ވެރިންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

އެގޮތުން ރައީސް ނަޝީދު މިއަދު ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ  ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލްއާ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ޔުނިޓްގެ ކޮމާންޑަރު ކާނަލް ނަސްރުއްالله އިބްރާހިމް އާއިވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ މައުލޫމާތެއް އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް މި ބައްދަލުވުން ބާއްވާފައި މިވަނީ ސިފައިންގެ ކޯސްޓުގާޑުގެ އުޅަނދެއްގައި އިންޑިއާގެ ރައްޔިތުންތަކެއް ތިބި ފޮޓޯއެއް އާއްމުވެ، އެ ފޮޓޯއާ ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުގެ ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކުން ހާމަ ނުކުރުމުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މީގެއިތުރުން ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި އަދަދާއި ގުޅޭ ގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަނީ "އިންޑިއާ އައުޓު"ގެ ނަމުގައި ކެމްޕެއިން އެއްވެސް ހިންގަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *