ދައުލަތަށް މިދިޔަ މަހު ލިބުނު އާމްދަނީ 30 ޕަސެންޓަށް ދަށަށް

ދައުލަތުގެ ޓެކްސް އިދާރާ އިނެލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) ---

ދައުލަތަށް މިދިޔަ މަހުގެ ތެރޭގައި ލިބުނު އާމްދަނީ 30 ޕަސެންޓު ދަށްވެފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ދައުލަތަށް ލިބިފައިވާ އާމްދަނީ ވަނީ 30 ޕަސެންޓު ދަށަށް ގޮސްފައެވެ. މިދިޔަ މަހު މީރާއަށް ލިބިފައި ވަނީ 834.04 މިލިއަން ރުފިޔާއެވެ.

މީރާއިން ބުނީ މިހާ ބޮޑަށް ދައުލަތުގެ އާމްދަނީ ދަށްވެފައި ވަނީ ކޮވިޑް19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހީނަރުކަމުގެ ސަބަބުން ކަމަށެވެ. ވަކިން ހާއްސަކޮށް ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމެއްކަމުން ކޮވިޑްގެ ސަބަބުން ފަތުރުވެރިކަމަށް ލިބިފައިވާ ހީނަރުކަމަކީ ދައުލަތަށް ލިބޭ އާމްދަނީ ދަށްވެގެން ދިޔަ ސަބަބެއް ކަމަށް މީރާއިން ބުނެއެވެ.

އެގޮތުން ޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ދަށްވެފައިވާ ކަމަށް މީރާއިން ބުނެއެވެ. މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ގިނަ އާމްދަނީއެއް މިދިޔަ މަހު ލިބިގެން ގޮސްފައި ވަނީ އިންކަމް ޓެކުހުންނެވެ. އެގޮތުން އިންކަމް ޓެކުހުން 385.57 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

ޖުމްލަ އާމްދަނީގެ 25.8 ޕަސެންޓަކީ ޖީއެސްޓީއެވެ. އެގޮތުން ދައުލަތަށް ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 217.16 މިލިއަން ރުފިޔާއެވެ.  ބީޕީޓީގެ ގޮތުގައި 150.13 މިލިއަން ރުފިޔާ، ރެސިޑެންޝަލް ޕާމިޓްގެ ގޮތުގައި 21.06 މިލިއަން ރުފިޔާ ދައުލަތަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *