މާދަމާގެ މަޖިލިސް ޖަލްސާގައި މިނިސްޓަރު ޒަހާއާ ސުވާލުކުރުން އޮންނާނެ

Zaha

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުން މަޖިލީހުގެ މާދަމާގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާ ސުވާލު ކުރުން އޮންނާނެއެވެ.

މިނިސްޓަރު ޒަހާއާ ސުވާލު ކުރުމަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ޖާބިރު މިނިސްޓަރު ޒަހާއާ ކުރިމަތި ކުރައްވަނީ ދިވެހި ސަރުކާރުން ޗައިނާ އާއި އެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން، ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓައި، މަސްވެރިކަމުގެ ދޮރުތައް ބަންދުކޮށްފައިވާ ކަމަށް ތުހުމަތުކުރައްވައި، ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި މަސްވެރިން މަގުމަތިކޮށް ނިކަމެތި ކުރަމުންދާ ކަމަށާއި، މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދަވާކަމަށް ވިދާޅުވެ އެކަމުގެ ސަބަބާއި ބެހޭގޮތުންނެވެ.

މިއީ ރައްޔިތުން މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުނު ފަހުން މިނިސްޓަރަކާއި ސުވާލު ކުރައްވާ ދެވަނަ ފަހަރެވެ. މީގެކުރިންވެސް ވަޒީރަކު ހާޒިރު ކުރެއްވީ ޖާބިރު ހުށަހަޅުއްވައިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *