ސަރުކާރުން މަސައްކަތް ކުރާނީ ގައުމާއި މުޖުތަމައުއަށް ހެޔޮގޮތް އިސްކޮށްގެން: ނާއިބު ރައީސް

ނާއިބު ރައީސް ފައިސަލް ނަސީމް ޑްރަގު ކޯޓަށް ވަޑައިގެން --

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ގައުމާއި މުޖުތަމައު އަށް ހެޔޮގޮތް އިސްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ޑްރަގް ކޯޓަށް ޒިޔާރަތްކުރައްވާ، އެ ތަނުގެ އިސްވެރިންނާއި ބައްދަލުކުރައްވާ، މަޝްވަރާކުރައްވާ ނާއިބު ރައީސް ވިދާޅުވީ ސަރުކާރުން އަބަދު ވެސް މަސައްކަތްކުރާނީ ގައުމާއި މުޖުތަމައުއަށް އެންމެ ހެޔޮގޮތް އިސްކޮށްގެން ކަމަށެވެ. އަދި، އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތަކުން އިހުލާސްތެރިކަމާއި އެކު މަސައްކަތް ކުރުމުން، އެކަމުގައި ވެސް ކާމިޔާބީ ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން އެއްވެސް ދާއިރާއަކުން އެއްވެސް މީހަކު ބާކީވިޔަ ނުދެއްވާނެ ކަމަށެވެ.

ނައިބު ރައީސް ވަނީ، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމައު، އަދި ވަކިން ހާއްސަކޮށް ޒުވާނުން، ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި ޑްރަގް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ، ޝުކުރު އަދާކުރައްވާފައެވެ. އަދި، އެކަމުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އަދި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކުރަމުންދާ މަސައްކަތްތައް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޑްރަގް ކޯޓުގެ އިސްވެރިން ވަނީ، މި ވަގުތު އެ ކޯޓަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން، އެ ބޭފުޅުން ފާހަގަކުރައްވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި، ފަނޑިޔާރުންނާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި، ޑްރަގް ކޯޓު ހިންގާ އިމާރާތަށް ކުރިމަތިވެފައިވާ ދަތިތައް ހިމެނެއެވެ. އަދި، އެ ކޯޓަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަމުގެ މައުލޫމާތު ވެސް އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *