ކޮރޯނާ ޖެހިގެންފުރަތަމަ ފަހަރަށް ޗައިނާއިން ބޭރުން މީހަކު މަރުވެއްޖެ

ކޮރޯނާ ވައރިސް/ ފޮޓޯ: އަލްޖަޒީރާ

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްޖެހިގެން ފުރަތަމަ ފަހަރަށް ޗައިނާއިން ބޭރުން މީހަކު މަރުވެއްޖެއެވެ.

ބީބީސިއިން ރިޕޯޓްކޮށްފައިވާ ގޮތުން، މި ބަލި ޖެހިގެން ޗައިނާގެ ބޭރުން މަރުވެފައިވަނީ ޗައިނާއަށް ނިސްބަތްވާ، އުމުރުން 44 ފިރިހެނެއް ކަމަށެވެ. މި މީހާއަކީ ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީއށް ނިސްބަތްވާ މީހެކެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން ބުނީ، އޭނާ ޕިލިޕީންސްއަށް އައުމުގެ ކުރިންވެސް ވަނީ ކޮރޯނާއަށް ޕޮޒިޓިވް ވެފައި ކަމަށެވެ.

ފިލިޕީންސްގެ ސިއްހީ އިދާރާތަކުން ބުނީ، ޗައިނާއިން މިފިރިހެން މީހާ ފިލިޕީންސަށް އައިސްފައިވަނީ ތައިލޭންޑު މަގުންނެވެ. އަދި އޭނާއާއެކު 38 އަހަރުގެ ޗައިނާ އަންހެނެއްވެސް ފިލިޕީންސަށް އައިކަމަށާއި، އެދެމީހުން ޓެސްޓުކޮށް ބެލި ބެލުމުން މިދެމީހުންވެސްވަނީ ކޮރޯނާއަށް ޕޮޒިޓިވް ވެފައި ކަމަށެވެ. އަދި އެމީހުންވަނީ މެނީލާގެ ހޮސްޕިޓަލްގައި ކަރަންޓީނުކުރެވިފައެވެ. އެހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް މަރުވި މީހާގެ ފުއްޕާމޭގައި ފެން އުފެދި ނިއުމޯނިޔާ ޖެހުނު ކަމުގައިވެސް ފިލިޕީންސް ސަރުކާރުން ބުނެފައިވެއެވެ.

ނުރައްކާތެރި ކޮރޯނަ ވައިރަސްއަށް ޕޮޒިޓިވް ވެގެން މިހާތަނަށް 300 އަށް ވުރެން ގިނަ މީހުން ޗައިނައިން މަރުވެފައިވާއިރު، މި ބައްޔަށް މިހާތަނަށް 14،000 މީހުންވަނީ ޕޮޒިޓިވް ވެފައެވެ.

މި ބަލި ފެތުުރުން ހުއްޓުވުމަށް އެމެރިކާ އަދި އޮސްޓްރޭލިއާގެ އިތުރުން އެހެނިހެން ބައެއް ގައުމުތަކުންވަނީ ޗައިނާގެ ފަތުރުވެރިން އެގައުމުތަކަށް އައުން މަނާ ކޮށްފައެވެ. އަދި ޗައިނާގެ އޫބޭ ޕްރޮވިންސުން އަންނަ އެގައުމުތަކުގެ ރައްޔިތުން ކަރަންޓީނުކުރުމުގެ މަސައްކަތްވެސް އެގައުމުތަކުންވަނީ ފަށާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.