އެކެއް އަނެކެއްގެ ހާލުބަލައި އަޅާލުމަށް ނައިބު ރައީސް ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް --

އެކެއް އަނެކެއްގެ ހާލުބަލައި އަޅާލުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ މިއަދު ބޭއްވި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ބައްދަލުވުން ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައެއެވެ.
ނައިބު ރައީސް ވަނީ އެކެއް އަނެކަކަށް އަޅާލުމަށާއި ހާއްސަކޮށް ދުވަސްވީ މީހުންނަށް އަޅާލުން އިތުރުކުރުމަށް ގޮވާލައްވާފައެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާދޭނެ ސެންޓަރެއް ނިމިގެން ދިޔަ އަހަރުގެ ތެރޭގައި ހުޅުވިގެން ދިއުމަކީ ސަރުކާރުން ނަފްސާނީ ދުޅަހެޔޮ ކަމަށް ދޭ ސަމާލުކަން ފެނިގެންދާ ކަމެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑުގެ ބަލިމަޑުކަން ވެގެން ދިޔައީ ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަށް ލިބިގެންދިޔަ ފުރުސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންގެ ބައްދަލުވުންތަކުގެ ރިޔާސަތު މިހާރު ބަލަހައްޓަވަމުން ގެންދަވަނީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

Leave a Reply

Your email address will not be published. Required fields are marked *