ކޮވިޑް19 އާއެކު ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ހާމަވެއްޖެ: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 އާއި އެކު ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ހާމަވެގެން ހިނގައްޖެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާ ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އާންމު ސިއްހަތު ކަށަވަރު ކުރުމުގެ އެންމެ މުހިންމު އެއްބަޔަކީ ނަފްސާނީ ގޮތުން ދުޅަހެޔޮކަން މަތީ ހުރުން ކަމަށެވެ. ކޮވިޑް19 އާއިއެކު ނަފްސާނީ ގޮތުން ދުޅަހެޔޮ ކަންމަތީ ތިބުމަކީ ކިހާ މުހިންމު ކަމެއްކަން އެނގިގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

 

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހުއެވެ. ކޮވިޑް19 ގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *