ހުޅުމާލެ ޖަލުން ބަލި ޖެހުނު އެންމެން ރަނގަޅުވެއްޖެ

މާފުށި ޖަލުގައި މީގެކުރިން ގައިދީއެއްގެ ސާމްޕަލް ނަގަނީ: ފޮޓޯ / ކަރެކްޝަން

ހުޅުމާލެ ޖަލުން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހުރިހާ އެންމެން ވެސް ބަލިން ރަނގަޅުވެއްޖެއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ ހުޅުމާލޭ ޖަލުން ކޮވިޑަށް ޕޮޒިޓިވްވި ގައިދީންނާއި ބަންދު މީހުން ބަލިން މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. އަދި ޖަލުގައި އޮތް ކަރަންޓީނު މުއްދަތު ނިމުމަކަށް އައުމުން ޖަލުވަނީ އާންމު ހާލަތަށް މިއަދުން ފެށިގެން ގެނެސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާލަތުން އަރައިގަތުމަށް މަސައްކަތްކޮށްދެއްވި އޮފިސަރުންނާއި އެހެނިހެން ފަރާތްތަކަށް ކޮމިޝަނާ އޮފް ޕްރިޒަންސް ވަނީ ޝުކުރު އަދާކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10،808 އަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނީ މިވަގުތު 74 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. މިހާތަނަށް މިބަލީގައި 34 މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *