މިއަދު ޕޮޒިޓިވްވީ 66 މީހުން

ހުޅުމާލެ މެޑިކަލް ފެސިލިޓީ: ކޮވިޑްޖެހިގެން ފަރުވާ ދެމުންދާ އަދަދަކީ 116-- ފޮޓޯ/ ޕީއެސްއެމް

ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 66 މީހަކު ކަމަށް ހެލްތު  ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 54 ދިވެހިންނާއި 12 ބިދޭސީން ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 10،808 އަށް އަރާފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 6 މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. 60 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ މިވަގުތު 74 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. މިހާތަނަށް މިބަލީގައި 34 މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *