ތ. ގުރައިދޫ ގެއެއްގައި އަލިފާން ރޯވެ، އަނދައިފި

ތ. ގުރައިދޫ ގެއެއްގައި އަލިފާން ރޯވެފައި

ތ. ގުރައިދޫގައި ގެއެއްގައި އަލިފާން ރޯވެ، އަނދައިފިއެވެ.

މިއަދު މެންދުރު 12 ޖަހަން އުޅެނިކޮށް ހިނގި އެ ހާދިސާގައި އެ ގެ ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު "ހަތާވީސް"އަށް ވިދާޅުވީ އެ ގެއަކީ މަންމައަކާއި އޭނާގެ އަންހެން ދަރިއަކު ދިރިއުޅޭ ގެއެއް ކަމަށާއި އަލިފާނުގެ ހާދިސާގައި އެ ގެ އެއްކޮށް އަނދާހުލިވެފައިވާ ކަމަށެވެ. އަލިފާން ރޯވި ވަގުތު އެ ގޭގައި އެއްވެސް މީހަކު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްކޮށް އަނދައި ހުލިވެފައި ވަނީ. ބޭނުން ކުރެވޭނެ އެއްވެސް އެއްޗެއް އެ ގެއަކު ނެތް. ހިފާގެންގުޅޭ ސާމާނުފަދަ އެއްޗެހި އެއްކޮށް ވަނީ އަނދާފައި،" އަލީ ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ކަރަންޓ ޝޯޓަކުން ކަމަށް ބެލެވޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *