އަޅުގަނޑަކީ މި ސަރުކާރުގެ ބައިވެރިއެއް ނޫން: ނަޝީދު

މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާ ސަލާމް ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ ސަރުކާރާއެކު ހެދި ފްރީ ޓްރޭޑް އެގްރީމެންޓާ ބެހޭގޮތުން ދެއްކެވި ވާހަކަތަކަކީ ސަރުކާރުން އަންގައިގެން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅެއްތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ މި ސަރުކާރުގެ ބޭފުޅެއް ނޫން ކަމަށެވެ. މި ސަރުކާރާއި ރައީސް ނަޝީދާއި ގުޅުން އޮންނަނީ  ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރަކަށްވެ، އެމަނިކުފާނަކީ އެ ޕާޓީގެ ރިޔާސަތު [ރައީސް] ބަލަހައްޓާ ފަރާތް ކަމަށް ވާތީ ކަމަށެވެ.

"އަޅުގަނޑަކީ މި ރައްޔިތުންގެ މަޖިލީހުގެ ރައީސް. އަޅުގަނޑާއި ދިވެހި ސަރުކާރަކާ ގުޅުމެއްނެތް ކަން، އަޅުގަނޑާ ސަރުކާރާ ގުޅުން ވަނީ އަޅުގަނޑަކީ އެމްޑީޕީގެ މެންބަރަކަށް ވެފައި އަދި މިވަގުތު އަޅުގަނޑަކީ އެޕާޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތަކަށް ވާތީވެ، އަޅުގަނޑުގެ އެކުވެރި، އަޅުގަނޑު މަދަދު ދޭ، އަޅުގަނޑު ތާއީދު ކުރާ ސަރުކާރެއް މިވަގުތު އޮތީ. އެހެން ނަމަވެސް އަޅުގަނޑަކީ އެ ސަރުކާރުގެ ބައިވެރިއެއް ނޫން" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އަންނަނީ ސަރުކާރުގެ ބައެއް ކަންކަމާއި ގުޅޭ ގޮތުން ތަފާތު އެކި ފޯރަމްތަކުގައި ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *