ޒިކުރާ މިސްކިތުގެ އެއްބަސްވުން އުވާލީ ލަފައާ ހިލާފަށް!

ޒިކުރާ މިސްކިތް --

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރަތްކުރުމަށް ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގެ އެއްބަސްވުން އިސްލާމިކް މިނިސްޓްރީ އިން އުވާލީ އެޓާނީ ޖެނަރަލްގެ އޮފީހުން ދީފައިވާ ގާނޫނީ ލަފާއާ ހިލާފަށްކަން ހާމަވެއްޖެއެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި މިހާރު އަންނަނީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އިސްލާމިކް މިނިސްޓްރީ އަށް ދީފައިވާ ލަފާ އާއްމުވެފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޒިކުރާ މިސްކިތް ހަވާލު ކުރުމަށް ހަދާފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން އެޓާނީ ޖެނަރަލްގެ ލަފާ ހޯދިއެވެ.

އިސްލާމިކް މިނިސްޓްރީ އިން ލަފާއަށް އެދުމުން އެޓާނީ ޖެނަރަލް ލަފާ ދެއްވާފައި ވަނީ އެ މަސައްކަތް ދެ ފަރާތުން އެއްބަސްވެގެން ކުރިއަށް ގެންދިޔުމަށެވެ. ޒިކުރާ މިސްކިތުގެ މަސައްކަތް އެސްޖޭއާ ހަވާލު ކުރުމުގައި ގޯހެއް ނެތް ކަމާއި އެކަން ކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް އެ ލަފާގައިވެއެވެ.

ނަމަވެސް އިސްލާމިިކް މިނިސްޓްރީ އިން އެކަމުގައި އެއްވެސް މަޝްވަރާއެއް ނެތި އެއްބަސްވުން އުވާލައި މަސައްކަތް، އެސްޖޭ ކުންފުނީގެ އަތުން ވަނީ ނަގާފައެވެ. އެގޮތަށް އަމަލު ކުރީ އެސްޖޭއާއެކު އޮތް އެއްބަސްވުމަކީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ދެކޭތީއެވެ.  ނަމަވެސް އެޓާނީ ޖެނަރަލްގެ ލަފާގައި އެ އެއްބަސްވުމަކީ ގާނޫނާ ހިލާފު ލަފައެއް ކަމަށް ބުނެފައެއް ނެތެވެ.

މި މައްސަލަ އަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންވެސް ތަހުގީގުކޮށްފައިވާ މައްސަލައެކެވެ. އަދި ކުރީގެ އިސްލާމިކް މިނިސްތަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާ ކުރުމަށްވެސް އޭސީސީ އިން ވަނީ މި މައްސަލަ އާއި ގުޅިގެން ނިންމާފައެވެ. މިހާރު އެ މައްސަލަ ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް މިހާރު ހުށަހަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *