ކައުންސިލް އިންތިހާބުގައި އެމްޑީޕީ ބަލިވާނީ ނަޝީދުގެ އަނގަޔާ ހެދި: ޝުޖާއު

ޕީއެންސީގެ ނައިބް ރައީސް ޝުޖާއު/ ފޮޓޯ: ރާއްޖެއެމްވީ

ްކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑިޕީއަށް ނާކާމިޔާބާއި ކުރިމަތިލާންޖެހޭނީ އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ "އަނގަޔާ" ހެދީކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއި ވިދާޅުވެއްޖެ އެވެ.

ޝުޖާއު ކުރި ޓޫވީޓުގައި ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ނާކަމިޔާބީ އާއި ކުރިމަތިލާންޖެހޭނީ ރައީސް ނަޝީދުގެ އަނގަޔާހެދީ ކަމަށާއި، ރައީސް ނަޝީދަށް ކިޔޭ ނިކުޔޭ އެއްޗެއް ނޭނގޭ ކަމަށެވެ. އަދި ރައީސް ނަޝީދަށް ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް ނޭނގޭ ކަމަށާއި، ދައްކާ ވާހަކައާއި ސަރުކާރުން ބުނާ އެއްޗަކާވެސް އެއްވެސް ވަރަކަށް ދިމައެއް ނުވާ ކަމަށެވެ.

ޝުޖާއު މިހެން ފާޑު ވިދާޅުވެފައިވަނީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ވާދަ ކުރެއްވި މިހާރުގެ މޭޔަރުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ހެދި ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން ކަމަށް ބެލެވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކައުންސިލަރުންނަށް ކުރީގެ ރައީސް ޔާމީން ސަރުކާރުގައި އެއްވެސް މަސައްކަތެއް ކުރުމުގެ ފުރުސަތު ދީފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރުގެ މޭޔަރުން ފެއިލްވީ ނޫން ކަމަށާއި އެމީހުން ފެއިލް ކުރުވީ ކަމަށެވެ.

ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަށް ސިޓީތަކުގެ ތަރައްގީއަށް އެއްވެސް މަސައްކަތެއް ނުކުރެވުނު މައިގަނޑު ސަބަބަކީ ރައީސް ޔާމީންގެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމް ރުޅާލުމާއި ސިޓީ ކައުންސިލްތައް “ހަލާކު” ކޮށްލުން ކަމަށެވެ.

ނަޝީދު ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން އެއްވެސް ޕާޓީއަކާއި ކޯލިޝަން ނުހަދާނެ ކަމަށާއި އެމްޑީޕީން އެކަނިވެސް ކައުންސިލް އިންތިހާބުގެ 60 ޕަސެންޓު ގޮނޑި ކާމިޔާބު ކުރާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *