އެސްޓީއޯއިން ފުލުހުންނަށް 3000 ސޭފްޓީ ގޮގުލްސް ހަދިޔާކޮށްފި

އެސްޓީއޯއިން ފުލުހުންނަށް 3000 ސޭފްޓީ ގޮގަލްސް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

އެސްޓީއޯއިން ފުލުހުންނަށް 3،000 ސޭފްޓީ ގޮގުލްސް ހަދިޔާކޮށްފިއެވެ.

ސޭފްޓީ ގޮގުލްސް އެސްޓީއޯގެ ފަރާތުން ފުލުހުންނާ ހަވާލުކޮށްފައިވަނީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ. އެތަކެއްޗާ ފުލުހުންގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ، ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު ކަމަށްވެސް ޓުވީޓުގައި ބުންޏެވެ.

ކޮވިޑާއި ގުޅިގެން އެސްޓީއޯ އިން އަންނަނީ ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ބައެއް ކޮވިޑާއި ގުޅިގެން އިދާރާތަކުގެ މުވައްޒަފުން ފްރަންޓުލައިންގައި ހަރަކާތްތެރިވަމުން އަންނާތީ އެސްޓީއޯ އިން އަންނަނީ އެފަދަ މުވައްޒަފުންނަށް ބޭނުންވާ ބައެއް އާލާތްތައް ހަދިޔާ ކުރަމުންނެވެ.

އެކުންފުނިން ވަނީ ދާދިފަހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުންކުރާ ޕީސީއާރް މެޝިނެއް ވެސް ޕޮލިސް ލެބަށް ހަދިޔާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *