ބޮންޑާގެ ބަންދަށް ފަސް ދުވަސް ޖަހައިފި

ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ)-- ފޮޓޯ/ ސަން

އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ހައްޔަރުކުރި ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ)ގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޖާސޫސީ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކަނޑުމަތީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެތި ހޯދާފައި ވަނީ ލޯންޗަކުންނެވެ. އެ ލޯންޗަށް މަސްތުވާތަކެތި އެރުވި ކަމަށް ބެލެވެނީ ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދު ބޭރުންނެވެ. މި މައްސަލާގައި ބޮންޑާއާއެކު ޖުމްލަ 14 މީހަކު ފުލުހުން ހައްޔަރުކުރިއެވެ.

އެ އޮޕަރޭޝަންގައި ބޮންޑާއާ އެކު، އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބުނާ މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެމީހާ އަކީ އަބްދުﷲ އިބްރާހިމް (އަބުޗާ) އެވެ. އަބުޗާ ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އަދި އިތުރު މީހަކުވެސް ޝަރީއަތް ނިމެންދެން ބަންދުކުރިއެވެ.

ނަމަވެސް ދެން ތިބި މީހުންގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަހެވެ. އޭގެތެރޭގައި ބޮންޑާވެސް ހިމެނެއެވެ. ނަމަވެސް ބޮންޑާގެ ވަކީލު ބުނެފައި ވަނީ މި މައްސަލާގައި ބޮންޑާ ހައްޔަރުކުރި ނަމަވެސް ބޮންޑާ ހައްޔަރުކުރީ ހިތަދޫ އިން ކަމަށާއި ހައްޔަރުކުރިއިރު އަތުން މަސްތުވާތަކެތި ފެނިފައި ނުވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި މިހާތަނަށް 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން

Leave a Reply

Your email address will not be published. Required fields are marked *