ޔުނާންގެ ދެމަފިރިންގެ ބަންދަށް 7 ދުވަސް ޖަހައިފި

ޔުނާން އަދި އޭނާގެ އަންހެނުން ރިހުލާ ---

ހުޅުމާލޭގައި 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.  އެ ދެ މީހުން ހައްޔަރުކުރިއިރު އިއްޔެ ހަވީރު ބަޔަކު ވަނީ އެ ދެ މީހުން ހުޅުމާލޭގައި ދިރިއުޅޭ ގެ ކައިރިއަށް އެއްވެ އެމީހުން ހައްޔަރުކުރުމަށް ގޮވާލައި އަޑުއުފުލާފައެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަސް ޖަހާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *