ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްގެން ރާއްޖެ އެތެރެކުރި ޕާކިސްތާނު ހަތަރު މީހަކު ހައްޔަރުކޮށްފި

ހަށިގަނޑު ތެރޭގައި މަސްތުވާތަކެތި ރައްކާކޮށްގެން ރާއްޖެ އަށް އެތެރެކުރި ޕާކިސްތާނު ހަތަރު މީހުން ---

ހަށިގަނޑު ތެރޭގައި މަސްތުވާތަކެތި ރައްކާކޮށްގެން ރާއްޖެއަށް އެތެރެކުރި ޕާކިސްތާނަށް ނިސްބަތްވާ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ހަތަރު މީހަކު ހައްޔަރުކޮށް، އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަހްސަން އުލް ހަސަން (30އ) އާއި، މުހައްމަދު އަލީ ބާއިގް (41އ) އާއި، މުހައްމަދު ސާދު ވަރްސީ (22އ) އަދި އަބްދުﷲ އަލީ ހަސަން (34އ) ނަމަކަށް ކިޔާ މީހެކެވެ.

އެ ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެއައި ފްލައިޓަކުން އައި ޕާކިސްތާން ހަތަރު މީހެއްގެ އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކު ކުރެވިގެން ފުލުހުންނަށް މައުލޫމާތު ދިނުމާ ގުޅިގެންނެވެ.

ފުލުހުން ބުނީ އެ މީހުން ހުއްޓުވައި، އެކްސްރޭ ކުރުމުން ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަމަށް ފާހަގަކުރެވުނު ކަމަށެވެ. އަދި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެމީހުން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އެމީހުންގެ ހަށިގަނޑުގައި ފޮރިން ބޮޑީސްތަކެއް ހުރި ކަމަށް އެނގިފައިވާ ކަމަށެވެ.

އެ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އެ މީހުން ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 81 ބުލެޓް ފެނިފައިވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި 791 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.

ދާދިފަހުން ފުލުހުން ވަނީ އައްޑޫ ސިޓީގައިވެސް މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަންގައި 80 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *