ދިރިއުޅުމުގައި ލިބޭ ކާމިޔާބީތަކުގައި މުދައްރިސުންގެ ދައުރު ބޮޑު: ރައީސް

އިއްޒުންދީން ސްކޫލު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެ ދަރިވަރުން ގޮވައިގެން ރައީސް ސޯލިހު --

ދިރިއުޅުމުގައި ލިބޭ ކާމިޔާބީތަކުގައި މުދައްރިސުންގެ ދައުރު ބޮޑު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމީހެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތައް ގެނައުމަށް މައިންބަފައިން ކުރާ މަސައްކަތުގެ އިތުރުން މުދައްރިސުންގެ ދައުރަކީ ވެސް ބޮޑު އެއްޗެއް ކަމަށެވެ. އެގޮތުން ވިދާޅުވީ މުދައްރިސުންގެ ހިދުމަތާއިއެކު ދިރިއުޅުން އުޖާލާ ވެގެންދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މުދައްރިސުންގެ މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެއް ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ކިޔަވައި ދިނުމުގައި ހަރަކާތްތެރިވާ ހުރިހާ މުދައްރިސުންނަށް ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ވެސް ޓީޗަރުންގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހުއެވެ. މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރެއްގެގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ "ޓީޗާސް - ލީޑިން އިން ކްރައިސިސް، ރީ - އިމޭޖިނިން ދަ ފިއުޗާ" އެވެ.

Leave a Reply

Your email address will not be published. Required fields are marked *