މަސްތުގެ ހާލަތުގައި މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު ހައްޔަރުކޮށްފި

ވެއްޓިފައި އޮތް މީހާ އެމްބިއުލާންސް އަށް އަރުވައިގެން ގެންދަނީ ---

މަސްތުގެ ހާލަތުގައި މާލޭގެ މަގެއްގެ މައްޗަށް ވެއްޓިފައި އޮތް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އެމީހާ ވެއްޓިފައި ވަނީ އަބަދަށްފެހި މަގުގައެވެ. ސޯޝަލް މީޑިއާގައި އެމީހާގެ ވީޑިއޯއެއް ވެސް ދައުރުވިއެވެ. އަދި ފުލުހުންނާއި ވަރަށް ބޭ އަދަބީކޮށް ވާހަކަދެއްކި މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ. އެނގިފައިވާ ގޮތުގައި އެމީހާ އަކީ އިންޑިއާ އަށް ނިސްބަތްވާ ރައްޔިތެކެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ މީހަކު މަގުމައްޗަށް މީހަކު ވެއްޓިފައި އޮތްކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ފުލުހުން އެ ސަރަޙައްދަށް ދިޔައިރު މަސްތުގެ ހާލަތުގައި ހުރި މީހެއް ކަމަށް ބެލެވޭތީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެމީހާ އެންމެ ފުރަތަމަ ގެންގޮސްފައި ވަނީ ހޮސްޕިޓަލަށް ކަމަށް މައުލޫމާތު ލިބެއެވެ.

Leave a Reply

Your email address will not be published. Required fields are marked *