އެސްޓީއޯ އިން ވިއްކާ "ރެމްކޯ" ސިމެންތި ބަސްތާއެއް 90 ރުފިޔާއަށް!

އެސްޓީއޯ އިން ވިއްކާ ރެމްކޯ ބްރޭންޑުގެ ސިމެންތި އަގުހެޔޮވިކަން އަންގައިދޭ ޕޯސްޓަރެއް ---

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ "ރެމްކޯ" ބްރޭންޑުގެ ސިމެންތި އެކުންފުނިން އަގުހެޔޮކޮށްފިއެވެ.

މީގެކުރިން 106 ރުފިޔާ އަށް ވިއްކަމުން ގެންދިޔަ "ރެމްކޯ" ސިމެންތި ބަސްތާއެއް މިހާރު އެކުންފުނިން ވިއްކަމުން ގެންދަނީ 90 ރުފިޔާއަށެވެ. މި ސިމެންތި އަކީ އަވަށްޓެރި އިންޑިއާގެ އުފެއްދުމެކެވެ. މި ސިމެންތި ލިބޭނީ އެސްޓީއޯގެ ކުޅުދުފުއްށި ސިޓީ ފިހާރައިންނެވެ.

މިއީ ދާދިފަހުން އިންޑިއާއާ ރާއްޖެއާ ދެމެދު ފެށި ކާގޯ ފެރީ އިން ގެނައި ސިމެންތިއެވެ. އެސްޓީއޯ އިން ބުނީ ކުރިޔަށް އޮތް މުސްތަގުބަލުގައި ކާގޯ ފެރީ އިން އިތުރު މުދާ ގެނެވި އުތުރުގެ ރަށްތަކަށް މުދާ އަގު ހެޔޮކޮށް ވިއްކޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

އެސްޓީއޯ އަކީ ގެދޮރު ހެދުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ރާއްޖެ އެތެރެކޮށް ހެޔޮ އަގުގައި ރައްޔިތުންނަށް ވިއްކަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ "މޯލްޑިވްސް ސިމެންތި" ގެ ނަމުގައި ވެސް ސިމެންތި ވިއްކަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *