އެމެރިކާގެ ރައީސް ޓްރަމްޕު އަދި އަނބިކަނބަލުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް އަދި އަނބިކަނބަލުން --

އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕާއި އެމަނިކުފާނުގެ އަނބިކަނބަލުން ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ޓްރަމްޕް ވަނީ އެމަނިކުފާނާއި އަނބިކަނބަލުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށް ޓްވީޓެއް ވެސް ކުރައްވާފައެވެ. އަދި ކަރަންޓީންވުމުގެ ކަންކަން ކުރަމުން ގެންދާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޓްރަމްޕް ކޮވިޑް19 އަށް ޕޮޒިޓިވްވެފައި މިވަނީ ޓްރަމްޕްގެ އިސް އެހީތެރިއެއް ކަމަށްވާ ހޯޕް ހައިކްސް ކޮވިޑް19 އަށް ޕޮޒިޓިވްވިކަން އެނގުމާއެކު ބައްޔަށް ޓެސްޓު ކުރުމަށްފަހު ކަރަންޓީނުގައި ތިއްބަވަނިކޮށެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ނުރައްކާތެރި ކޮވިޑް19 އަށް 33 މިލިއަނަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު މިބަލީގައި އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *