ބިދޭސީންތަކެއް މާރާމާރީ ހިންގާ ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީފި

ބިދޭސީންގެ މެދުގައި ހިނގި މާރާމާރީގެ ތެރެއިން: ފޮޓޯ / އެމްވީ ކްރައިސިސް

މާލޭގައި މިއަދު ހަތަރު ބިދޭސީއެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް އަނިޔާތަކެއް ލިބިއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ހަތާވީސް" އަށް މިއަދު ވިދާޅުވީ މަޖީދީ މަގާއި ސޯސަން މަގު ގުޅުނު ހަތަރު އަނގޮޅީގައި ބިދޭސީ ހަތަރު މީހެއްގެ މެދުގައި މާރާމާރީއެއް ހިނގާފައިވާ ކަމަށެވެ.

އަދި އޭގެތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމުގެ މައުލޫމާތު 14:38 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ އަނިޔާ ލިބުނު މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެ މަރާމާރީ އާއި ގުޅިގެން އެކަމުގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި އެ މައްސަލަ އިތުރަށް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *